logoEN
ޕީއެންސީ 2
ވިލިނގިލީ ފަޅުގައި ނުރައްކާތެެރި އެކްސިޑެންޓެއް!

ވިލިނގިލީ ފަޅުގައި ނުރައްކާތެެރި އެކްސިޑެންޓެއް!

އަހުމަދު ޝުރާއު

logo

3/1/2021, 12:46:15 AM

IMG_1910

ގއ. ވިލިނގިލީ ފަޅު ތެރޭގައި ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް އަނިޔާތަކެއް ވެއްޖެއެވެ.

ޝަރީ 2024

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލީ ފަޅުން ނިކުންނަން ދިޔަ ދޯންޏަކާއި ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ލޯންޗްގެ ދެ ފަޅުވެރިއަކާއި ދޯނީގެ ދެ ފަޅުވެރިއަކަށެވެ. އަދި 4 މީހަކު ގއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި 4 މީހާކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި އެވެ. އަދި ދޯނިން އެކްސިޑެންޓުވި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށާއި ދޯނިން ގެނައި ދެވަނަ މީހާ ފަރުވާއަށް ފަހު މިހާރު ދޫކޮޮށްލާފައިވާ ކަމަށެވެ. އަދި ލޯންޗުން އަނިޔާވި ދެމީހުނަށް އަދިވެސް ދަނީ އެހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ