logoEN
cocacola
އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް ނުކުރާނަން - އުމަރު

އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް ނުކުރާނަން - އުމަރު

އައިޝަތު އިފާޝާ

logo

9/2/2023, 11:00:55 PM

Umar Naseer

ވެރިކަމަށް އާދެވިއްޖެ ނަމަ އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް ނުކުރާނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އުމަރު މިހެން ވިދާޅުވީ، ސަންގު ޓީވީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކެނޑިޑޭޓުންގެ ބަހުސް "ސަންގު ބަހުސް" ގައި، ކޮންމެ ވެރިކަމެއްވެސް ނިމުމާއެކު އެވެރިއެއްގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ކުރީގެ ރައީސުން ޖަލަށް ލަމުންދާ ސަގާފަތު ތަކުރާރުކޮށް، ރައީސް ސޯލިހުގެ މައްސަލައެއް ބަލައި ޖަލު ހުކުމެއް އިއްވާ ވެރިއަކަށް ވެދާނެތޯ ބަހުސްގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އުމަރު ވިދާޅުވީ، އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއްކޮށް، އެ ރުޅިވެރިކަން އުފެއްދުމުގެ ނިޔަތެއް ނެތްކަމަށާއި އެކަމަކު ކުރި ކުށެއްގެ މައްޗަށް އަދަބު ލިބެންޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިވީ 18 އަހަރުގެ ދަތުރުގައި ވަރަށް ގިނަ ކަންކަން ހިނގައި، އެތައް ބައެއްގެ އަހުލާގު ގެއްލިފައިވާ ކަމަށެވެ. ސިޔާސީ މައިދާނާއި އެކު، ހަމަނުޖެހުންތައް ބޮޑުވެ ކޮރަޕްޝަންތައް ވީ އިތުރުކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ސޯލިހުގެ މައްޗަށް ތުހުމަތަށް ސާބިތުވާނަމަ، އެކަމުގެ އަދަބު ލިބެން ޖެހޭކަމަށާއި، އެކަމަކު ސިޔާސީ ދައުވާއެއް އޮވެގެން ނުވާނެކަމަށް އުމަރު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ