
White Alert
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެހި ހިސާބަށްވެސް އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
އެހެންކަމުން ވިއްސާރަވެ ފެންބޮޑުވެދާނެތީ މުދަލަށް ރައްކާތެރިވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުފަތުރު ކުރާފަރާތްތަަކުން ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.