logoEN
Sto top
ހިމެންދޫ ފުޓުބޯޅަ ދަނޑާއި، އޮޅުވެލިފުށީ އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

ހިމެންދޫ ފުޓުބޯޅަ ދަނޑާއި، އޮޅުވެލިފުށީ އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

އަލްފާ އަލީ

logo

8/31/2023, 2:30:56 PM

317624_6711b061-b_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ، އަރިއަތޮޅު އުތުރުބުރީ، ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ފާދިއްޕޮޅު އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި ޅ. އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވީ، އެމަނިކުފާނު މިއަދު އެދެރަށަށްކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، އއ. ހިމެންދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside