![މެމްބަރު ސިރާޖު އެމްޑީޕީން ވަކިވުމަށްފަހު، މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F08%2F368053128_6921971614479816_2117782771481529459_n.jpg&w=3840&q=75)
މެމްބަރު ސިރާޖު އެމްޑީޕީން ވަކިވުމަށްފަހު، މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި
368053128_6921971614479816_2117782771481529459_n
އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ޑރ މުއިއްޒުއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ސިރާޖު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލ. އަތޮޅުން އެމްޑީޕީގެ ކެންޑިޑޭޓް ކުރި ހޯދި ކަމުގައިވިޔަސް މިއިންތިޚާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.
ސިރާޖު އެމްޑީޕީން ވަކިވުމަށް އެދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުރުމަށް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިރާޖު ތާއީދުކުރެއްވި ނަމަވެސް ސަރުކާރުގެ ހަރަކާތްތަކުން އޭނާ ނުފެންނަތާ ވަނީ ދުވަސްތަކެއް ވެފަ އެވެ.