
Tiuw3lKcRVE6xCuE7nM3nmDdw1km7HZGMlXzhRey
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށްއެދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް އަށް ސިރާޖު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުރުމަށް ބޭނުން ނުވާކަމަށާއި، އެމްޑީޕީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެެއްވުމަށެވެ.
މެމްބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމެވި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވަން ނިންމާފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެފަހަރު ސިރާޖު ތާއީދުކުރެއްވީ ރައީސް ސޯލިހު އަށެވެ.