logoEN
WAMCO TOP 1
ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

8/18/2023, 4:16:38 PM

breaking ބްރޭކިންގް

ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައުދު ޕޮލިސް ( ގދ، ގދ، ޏ އަދި ސ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 8 ޖޫން 2023 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ ހުވަދު އަތޮޅުގެ ރަށެއްގައި ހިނގި ކަމެކެވެ.

ކޮމެންޓް
ފަހުގެ
HDC