logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :  އައުޓްލޯޒް ކުއީންސްއަށް ސެމީގެ ޖާގަ ކަށަވަރުވެއްޖެ

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : އައުޓްލޯޒް ކުއީންސްއަށް ސެމީގެ ޖާގަ ކަށަވަރުވެއްޖެ

އަހުމަދު ޝުރާއު

logo

2/28/2021, 10:38:04 PM

DSC_7517

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި އެވިޑް އެސްސީ އާއި އައުޓްލޯޒް ކުއީންސް ވާދަކުރި މެޗުން އައުޓްލޯޒް ކުއީންސް މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގޮސިޔާ

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު އައުޓްލޯޒް ކުއީންސް ކާމިޔާބުކުރީ 16-8 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.

މިމެޗުގެ އައުޓްލޯޒް ކުއީންސްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 8) ޔަޝްފާ އާދަމް 5 ގޯލް ، (ޖާޒި ނަމްބަރު 13) ފާތިމަތު ނިއުޝާ 5 ގޯލް ، ( ޖާޒީ ނަމްބަރު 11 ) މައިޝާ މުޖުތަބާ 4 ގޯލް , ( ޖާޒީ ނަމްބަރު 3 ) ނާހިދާ އަހުމަދު 1 ގޯލް , ( ޖާޒީ ނަމްބަރު 4 ) މަރިޔަމް ޝަފާ 1 ގޯލް އެވެ.

އަދި އެވިޑް އެސްސީ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 10) މަރިޔަމް އިބްރާހިމް 3 ގޯލް , ( ޖާޒީ ނަމްބަރު 11) މުޒެއިނާ މުހްތާރް 3 ގޯލް , ( ޖާޒީ ނަމްބަރު 7) އިނާ އަލީ 2 ގޯލްއެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އައުޓްލޯޒް ކުއީންސް ޖާޒީ ނަމްބަރު 8 ،ޔަޝްފާ އާދަމް އެވެ.

އެވިޑް އެސްސީ ގްރޫޕު ސްޓޭޖުގައި ދެން ވާދަކުރާނީ ހޯނޑެއްދޫ ހޭންޑްބޯޯލް ކްލަބް އާއި އެވެ. އަދި އައުޓްލޯޒް ކުއީންސް ވާދަކުރާނީ ގައްދޫ ވުމެންސް ހޭންޑްބޯލް އާއި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ