logoEN
cocacola
ބައެއް ކެންޑިޑޭޓުންގެ ވާހަކަފުޅުން ހީވަނީ ހުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން - ރައީސް މައުމޫން

ބައެއް ކެންޑިޑޭޓުންގެ ވާހަކަފުޅުން ހީވަނީ ހުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން - ރައީސް މައުމޫން

އަލްފާ އަލީ

logo

8/17/2023, 5:30:19 PM

Maumoon

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ވާހަކަފުޅުތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ކެންޑިޑޭޓުންގެ ވާހަކަފުޅު ހުރި ގޮތުން އެ ބޭފުޅުން ހުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން ހީފުޅުވާ ކަމަށެވެ.

އެގޮތުން ބައެއް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ވަގުތުން މިވެނިކަމެއް ކުރައްވާނަމޭ، މިވެނި ކަމެއް ހުޓުވާނަމޭ ވިދާޅުވަމުން އަންނަ ކަން ފާހަކަ ކުރައްވައި މައުމޫން ވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ކޮބައިތޯ ބުނެ ސުވާލު އުފައްދާފައެވެ.

"ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ޚުދު މުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" - މައުމޫން

މައުމޫން މިހެން ވިދާޅުވި ނަމަވެސް އެއީ ކޮން ކެންޑިޑޭޓެއް ކަމެއް ނުވަތަ ކޮން ކެންޑިޑޭޓުންނެއް ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫން އަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވާފައިވާ ސިޔާސީ ތަޖުރިބާ ބޮޑު ބޭފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ