logoEN
Sto top
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

Admin

logo

2/28/2021, 4:18:05 PM

215548_3_dba18e4fa71340ef50f4e81bcae8e5abf3a44a30_medium

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.

Wamco

މަލީުހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 14 މެމްބަރުންގެ ސޮޔާ އެކުއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހް މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރި ގޮތާ އެއްގޮތަށް އެ މައްސަލަ ވަނީ ރައީސްގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަަށް ވެއްދީ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside