logoEN
ޕީއެންސީ 2
މި ހަފްތާގައި ބަޖެޓް ނުލިބިއްޖެނަމަ އިންތިހާބު ނުބޭއްވޭނެ: އީސީ

މި ހަފްތާގައި ބަޖެޓް ނުލިބިއްޖެނަމަ އިންތިހާބު ނުބޭއްވޭނެ: އީސީ

އަހުމަދު ޝުރާއު

logo

2/28/2021, 8:17:21 PM

l_2021_01_26_022441_9koxj1nmwt7zbeaphgs42d38yliufvq5cr6_EN_

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކޮވިޑް-19 ގެ މިހާލަތުގައި ބާއްވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން، އިތުރަށް ބޭނުންވާ ފައިސާ މި ހަފްތާ ތެރޭގައި ހަމަނުޖެއްސިއްޖެނަމަ ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ޝަރީ 2024

ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އަށް ސިޓީ އެއް ފޮނުއްވާފައިވާނެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ސިޓީގެ ޖަވާބު ލިބިފައެއް ނުވާ ކަމަށެވެ.

ބަޖެޓާއި ގުޅޭ ގޮތުން މާދަމާ މާލިއްޔަތު ކޮމިޓީން އީސީއާ އެކު ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އީސީ ޝަަރީފް އިތުރަށް ވިދާޅުވި ގޮތުގައި މި ހަފްތާ ތެރޭގައި ބޭނުންވާ ބަޖެޓް ނުލިބިއްޖެނަމަ އިންތިހާބު ބޭއްވުމަށް ދަތިތަކެއް ދިމާވެދާނެ އެވެ. ނަމަވެސް އިންތިހާބު ނުބޭއްވުމަކީ އެއީ ހައްލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިންތިހާބު ބޭއްވުމަށް ޖުމްލަ 95 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެއީ އިތުރަށް ބޭނުންވާ 45 މިލިއަންވެސް އޭގެ ތެރޭގައި ހިމެނޭހެންނެވެ. އިންތިހާބު ބޭއްވުމަށް ހަރަދު ބޮޑުވާނެ ކަންކަމުގެ ތެރޭގައި އޮފިޝަލުންނަށާއި ވޯޓުފޮށިތަކަށް ހޭދަވާނެ ފައިސާ ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ