logoEN
cocacola
ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ބިން ކެނޑުން މިއަދު ހަވީރު

ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ބިން ކެނޑުން މިއަދު ހަވީރު

އައިޝަތު އިފާޝާ

logo

8/15/2023, 8:00:08 AM

ހުޅުމާލެ|hulhumale

މާދަމާ ނަގާ ގުރުއަތަށްފަހު، ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ގޯތި ކެނޑުމުގެ މަސައްކަތް މާދަމާ ހަވީރުން ފެށިގެން ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ގޯތި ލިބޭ ތަން ކަނޑައެޅުމަށް ނަގާ ގުރުއަތު އޮންނާނީ މާދަމާ، 11:00ގައި ގަލޮޅު ދަނޑުގައެވެ.

ގޮސިޔާ

ހައުސިން މިިނިސްޓްރީން ވިދާޅުވީ ގޯތި ލިބޭ މީހުން ގުރުއަތުނެގުމަށް އަންނާނެ ގަޑިތައް، ގެދޮރުވެރިން ޕޯޓަލްގެ ތެރެއިން މިހާރު ބެލޭނެކަމަށެވެ. އެގޮތުން އެމީހަކު ގުރުއަތު ނަގަން އަންނަންޖެހޭ ދުވަހާއި، ވަގުތާއި ތަނުގެ މަޢުލޫމާތު ހިމަނާފައިވާނެކަމަށެވެ.

ގުރުއަތުނަގަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ. އެގޮތުން ފުރަތަމަ ދެ ދުވަހުގެ ގުރުއަތުލުން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިއުމަށްފަހު، ދެން ގުރުއަތުލުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ބިން ކެނޑުން މާދަމާ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެން ތަންތަނުން ގޯތި ލިބޭ މީހުންގެ ބިން، ބިން ހަމަޖެހެމުންދާ ވަރަކަށް ކަނޑަމުންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ގުރުއަތުނެގުން ކުުރިއަށްދާއިރު، ޓީވީއެމްއިން ވަގުތުން ދުރަށް ދައްކާނެއެވެ. ހައުސިން މިނިސްޓްރީން ވަނީ، ގުރުއަތު ނަގަން އަންނަންޖެހޭ ވަގުތަށް ޚާއްސަ ސަމާލްކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން ގޯއްޗަށް ހުޅުވާލުމުން 23000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެތެރެއިން 19639 މީހުން ޝަރުތު ހަމަވެ ގޯތި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ