logoEN
Sto top
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :  ހޭޔަންބޯއަށް މުހިންމު މޮޅެއް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ހޭޔަންބޯއަށް މުހިންމު މޮޅެއް

އަހުމަދު ޝުރާއު

logo

2/27/2021, 10:41:01 PM

DSC_6764

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ހޯބަހަކުން އާއި ހޭޔަންބޯ ވާދަކުރި މެޗު ހޭޔަންބޯ ކާމިޔާބު ކޮށްފި އެވެ.

Wamco

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު ހޭޔަންބޯ ކާމިޔާބުކުރީ 13-17 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.

މިމެޗުގެ ހޯބަހަކުންގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 14) ފާތުމަތު އަރޫޝާ 5 ގޯލް ، (ޖާޒި ނަމްބަރު 13) ލައުހާ ހުސެއިން 4 ގޯލް ، ( ޖާޒީ ނަމްބަރު 12 ) ފާތިމަތު ފައިރޫޒާ 2 ގޯލް , ( ޖާޒީ ނަމްބަރު 11 ) ލައުޝާ ހުސެއިން 1 ގޯލް , ( ޖާޒީ ނަމްބަރު 6 ) ޒުލޭހާ އިބްރާހިމް 1 ގޯލް އެވެ. އަދި ހޭޔަންބޯގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 17) ހަދީޖާ ރިހުމާ 1 ގޯލް , ( ޖާޒީ ނަމްބަރު 5) ޖައަސްވަލް ސްވަރިނިމާ 8 ގޯލް , ( ޖާޒީ ނަމްބަރު 9) ފާތިމަތު ޒައިނާ 2 ގޯލް , ( ޖާޒީ ނަމްބަރު 10) ކުމާރީ އާރްތީ 4 ގޯލް , ( ޖާޒީ ނަމްބަރު 11) ޝަހުނާ މުހައްމަދު 1 ގޯލް ، ( ޖާޒީ ނަމްބަރު 6) މާޒިނާ އަހުމަދު 1 ގޯލްއެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޭޔަންބޯގެ ޖާޒީ ނަމްބަރު 5 ،ޖައަސްވަލް ސްވަރިނިމާ އެވެ.

ހޭޔަންބޯ ގްރޫޕު ސްޓޭޖުގައި ދެން ވާދަކުރާނީ ހުއްޓޭކޮޑާ އާއި އެވެ. އަދި ހޯބަހަކުން ވާދަކުރާނީ ޓީމް ފެނަކައާއި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside