logoEN
PNC TOP 3
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވެސް މަރުވެއްޖެ

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވެސް މަރުވެއްޖެ

large_161442826836kzc4

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ ޒުވާނަކު މަރުވެއްޖެ އެވެ.

PNC MID 2

އެކްސިޑެންޓުގައި އަނިޔާވި ދެޒުވާނުން މަރުވިކަން ޏ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދް ވަނީ " ގާފު " އަށް ކަށަވަރުކޮށްދީފައި އެވެ.

ސައީދު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މަރުވި އެކަކު މިހާތަނަށް އައިޑެންޓިފައި ކުރެވިފައި ނުވެއެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ދެޒުވާނުންނަކީ އަހުމަދު މުތީއު އާއި އާމިލް އަހްމަދު އެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ ސްޕޯޓްސް ކާރެއް ކޮންޓްރޯޯލުން ނައްޓާލައިގެން ގޮޮސް ގަހެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ކާރު ތެރޭގައި ދެ މީހަކު ތާށިވި ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލައް ނައިބު ތުއްތު މަގު ފުނާޑު އަވަށުގައި އެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ދެ ފިރިހެނުންނަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް އަންނަނީ ....

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC