logoEN
cocacola
ސްކޫލް ދަރިވަރުންތަކެއް ބުރުގާ ނާޅާ ތިބުމުން ބަހަކަށް ނޭރުވި

ސްކޫލް ދަރިވަރުންތަކެއް ބުރުގާ ނާޅާ ތިބުމުން ބަހަކަށް ނޭރުވި

އައިޝަތު އިފާޝާ

logo

7/27/2023, 3:18:12 PM

New Project (82)

އިންޑިއާގެ ކަރްނާޓަކާގެ ކަލަބުރްގީ ޑިސްޓްރިކްޓްގެ ބަސް ޑްރައިވަރަކު، ބުރުގާ އަޅައިގެން ނޫނީ ސްކޫލް އަންހެން ކުދިންނަށް ބަހަށް އެރުމުގެ ހުއްދަ ނުލިބޭނެ ކަމަށްބުނެ އެކުދިން އަރުވަން ދެކޮޅު ހަދައިފިއެވެ.

ގޮސިޔާ

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބަސްވަކަލިއަން-ކަލްބުރްގީ ރޫޓުގައި ދުއްވާ ބަސް ޑްރައިވަރު ވަނީ ބަހަށް އެރުމުގެ ކުރިން ހުރިހާ މުސްލިމް އަންހެން ކުދިން ބުރުގާ އެޅުމަށް އެދިފަ އެވެ. ހެޑްސްކާފް އަޅައިގެން ތިބި ކުދިން ވެސް ބަހަށް އެރުވުމަށް ދެކޮޅުހަދައި ޑްރައިވަރު ބުނަމުން ދިޔައީ ހަމައެކަނި ބަލައިގަނެވޭނީ ބުރުގާ އަޅައިގެން ކަމަށެވެ.

ނަން ހާމަނުކުރަން ބޭނުންވި ދަރިވަރަކު އެ ހާދިސާ ކިޔައިދެމުން ބުނީ ޑްރައިވަރު އެމީހުންގެ ދީނީ އައިޑެންޓިޓީއާ މެދު ސުވާލު އުފައްދައި ބުރުގާ އެޅުމަށް ބާރު އެޅި ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހަދައި އެކުދިންގެ ނަން ހާމަނުކުރުމުން ބަސް ޑްރައިވަރު ވަނީ އެކުދިންނަށް ބަހުގެ ހަމަލާތައް ދީފައި ކަމަށެވެ.

އޭނާގެ އަމަލުތަކާ ގުޅިގެން އެހެން ދަތުރުވެރިން ޑްރައިވަރާ ކުރިމަތިލުމުން އޭނާ ވަނީ ބަސް އޮތީ ދުއްވޭނެ ފަދަ ހާލަތުގައި ނޫން ކަމަށާއި ދަރިވަރުން ނުތަނަވަސްކަން އުފައްދަމުން އަންނަ ކަމަށް ބުނެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ