
ރާއްޖޭގެ ކޮންމެ ރަށަކުން "ދޮންކޮޅު" އަށް ރަހްމަތްތެރިއެއް ބޭނުންވެފައި، އެހީތެރިވަމާ!
2789B948-2F9A-4840-B1A1-DA33F8473849
ރަށްރަށަށް ދަތުރުކުރާއިރު އެރަށްރަށުގައި ރަހްމަތްތެރިޔަކު ހުރުމަކީ ދަތުރުގެ ފޫހިކަމާއި އެރަށެއްގައި ހޭދަކުރާ ވަގުތުތަކުގައި ބައެއް ކަންތައްތަކަށް ވަރަށް ވެސް ފަސޭހަތަކެއް ލިބިގެންދާ ކަމެވެ. އަލަށް ރަށަކަށް ދަތުރުކުރާ މީހަކު އެމީހާއާ އެކުގައި އެރަށެއްގެ މުޖުތަމައު ރަނގަޅަށް އިނގޭ މީހަކު ނެތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ހަމައެގޮތަށް މިފަހަރު މިއޮތީ އެފަދަ ކަމަކާ ދިމާވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަސްމީ ބައެއް ދަތުރުތަކާއި އަމިއްލަ ދަތުރުތައް ކުރާ ފަރާތަކަށް މިވަނީ ކޮންމެ ރަށަކުން ރަހްމަތްތެރިއަކު ބޭނުންވެފައެވެ. ގދ ތިނަދޫ އަށް ނިސްބަތްވާ އަހުމަދު ރަޝީދު (ދޮންކޮޅު) އަކީ އެގޮތަށް ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރަން ޖެހޭ ޒުވާނެކެވެ.
ދަތުރު ކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ރަށަކަށްވެސް ދިއުމުގެ ކުރިން އަހުމަދު އޭނާގެ ސޯޝަލްމީޑީއާގައި ދޫކޮށްލާ ސްޓޭޓަސް އެވެ. ކޮންމެ ރަށެއްގެ ނަން ހިމަނައި އަހުމަދު ބުނަނީ އެންމެ ވާހަކައެކެވެ. އެއީ ރަހްމަތްތެރިއަކު ނެތުމުން އެރަށަކަށް ނުދެވި ހުންނަ ވާހަކައެވެ.
އެގޮތަށް ޖަހާ ސްޓޭޓަސް ތަކުގެ ސަބަބުން އަހުމަދު އަށް ކޮންމެވެސް ގޮތަކުން އެރަށަކުން ރަހްމަތްތެރިޔަކު ލިބިގެންދެއެވެ. އެކުގައި ރަށުތެރެ ބަލާލައި އެރަށަށް އަހުމަދު ދަތުރުކުރާ ބޭނުން ފުއްދުމުގައި އެހީތެރިކަން ލިބެއެވެ. އެކުގައި ކޮފީއަކަށް ގޮސް އަނގަތަޅާނެ ރަގަޅު ރަހްމަތްތެރިއެއް ލިބިގެންދެއެވެ.
ނަމަވެސް އެހިސާބުން އެވާހަކަ ނުނިމެއެވެ. އަދިވެސް އެކި ރަށްތަކަށް ދަތުރުކުރަން ޖެހިފައިވުމާއެކު އަހުމަދުއަށް ކޮންމެ ރަށަކުން ރަހްމަތްތެރިއަކު ބޭނުންވެއެވެ. އާންމުކޮށް ކޮންމެ ރަށަކަށްވެސް ދިއުމުގެ ކުރިން އަހުމަދު އެރަށަކަށް ދާ ވާހަކައާއި ރަހްމަތްތެރިއަކު ބޭނުންވާ ކަން އޭނާގެ ސޯޝަލްމީޑިއާއިން އަންގާލައެވެ.
ކޮންމެއަކަސް އަހުމަދުއަށް މިއޮތީ ކޮންމެ ރަށަކުންވެސް ރަނގަޅު ރަހްމަތްތެރިއެއްގެ އެހީތެރިކަން ބޭނުންވެފައެވެ. އަހުމަދުގެ ރަހްމަތްތެރިއަކަށް ވުމަށް މާ ބޮޑު ޝަރުތުތަކެއް ނެތެވެ. އެކަމަށް އެދި މާ ބޮޑު ފޯމެއްވެސް ހުށަހަޅާކަށް ނުޖެހެއެވެ. ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ބޭނުންވަނީ އެރަށެއްގައި އަހުމަދު ހޭދަކުރާ ވަގުތުތަކުގައި އެކުގައި އުޅެވޭނެ ފަދަ މީހެކެވެ.
އެހެންކަމުން އަހުމަދުގެ ރަހްމަތްތެރިއަކަށް ވުމަށް އޭނާގެ ސޯޝަލްމީޑިއާ އެކައުންޓުތަކަށް މެސެޖުކޮށްލުމުން ފުދޭނެއެވެ.
ފޭސްބުކް: އަހުމަދު ރަޝީދު
ޓްވިޓަރ(އެކްސް): އަހުމަދު ރަޝީދު