logoEN
ކޮކާކޯލާ
ކުރިމަގު ދޯނީ އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު އިތުރު ފަރުވާއަށް ތިނަދޫއަށް

ކުރިމަގު ދޯނީ އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު އިތުރު ފަރުވާއަށް ތިނަދޫއަށް

އަހުމަދު ޝުރާއު

logo

2/27/2021, 3:38:23 PM

Untiދދtled-1

ގދ. މަޑަވެލީ ބޮއި ކައިރީ މަސް ބާނަން އުޅުނު ގއ ދެއްވަދޫ "ކުރިމަގު" ދޯނީގައި ހިންގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު އިތުރު ފަރުވާއަށް ތިނަދޫ ގެންގޮސްފި އެވެ.

އަބުޅޯ

ދެއްވަދޫ " ކުރިމަގު " ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިންގާފައިވަނީ މިއަދު މެންދުރު 11:45 ހާއިރު އެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ފިހިފައިވަނީ 53 އަހަރުގެ ފިރިހެނެކެވެ. އަދި މި މީހާގެ އަތް ފިހި ހާލު ދެރަވުމާއި ގުޅިގެން އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން ގެ އެހީތެރިކަމާއި އެކު އެމީހާ މިއަދު މެންދުރު 13:15 ހާއިރު ތިނަދޫއަށް ގެންގޮސް ޑރ އަބްދުއްސަމަދު މެމޯޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މިހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:35 ހާއިރު ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ އިބްރާހިމް އާޒިމް މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހުނު މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

" ގާފު " އަށް މައުލޫމާތު ދެއްވި މަސްވެރިޔަކު ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕެޓްރޯލް ޕަމްޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި އެވެ. ދޯނީގައި ރޯވި އަލިފާންގަނޑު އެސަރަައްދުގައި އެވަގުތު ހަރަކާތްތެރިވި އެހެން ދޯނިފަހަރުގެ އެހީގައި ވަނީ ނިއްވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ