logoEN
cocacola
ހުވަދު އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް ގދ ހޯނޑެއްދޫ އަދި ގއ ނިލަންދޫ ކައުންސިލް

ހުވަދު އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް ގދ ހޯނޑެއްދޫ އަދި ގއ ނިލަންދޫ ކައުންސިލް

އަހުމަދު ޝުރާއު

logo

2/27/2021, 3:16:21 PM

Untitlded-1

ދެހާސް ނަވާރަ ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްގެ ރޭކިންއިން ހުވަދު އަތޮޮޅުގެ އެންމެ މަތީ ރޭންކިން ގދ ހޯނޑެއްދޫ ކައުންސިލް އާއި ގއ ނިލަންދޫ ކައުންސިލަށް ލިބިއްޖެ އެވެ.

ގޮސިޔާ

ކައުންސިލްތަށް ރެގިއުލޭޓްކުރާ ފަރާތް ކަމުގައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކޮންމެ އަހަރަކުވެސް އާންމުކުރާ ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަށް އާންމު ކޮށްފައިވަނީ އިއްޔެއެވެ.

އެގޮތުން ދެހާސް ނަވާރަ ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްގެ ރޭކިންއިން ގއ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވަނީ ގއ ނިލަންދޫ ކައުންސިލެވެ. އެކައުންސިލަށް ލިބިފައިވަނީ 0.1861 މާކްސް އެވެ. ދެވަނާގައި އޮތް ގއ ދެއްވަދޫއަށް ލިބިފައިވަނީ 0.1836 މާކްސް، އަދި ތިންވަނާގައި އޮތް އެއަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ގއ ވިލިނގިއްޔަށް ލިބިފައިވަނީ 0.1433 މާކްސްއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްގެ ރޭކިންއިން ގދ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވަނީ ގދ ހޯނޑެއްދޫ ކައުންސިލެވެ. އެކައުންސިލަށް ލިބިފައިވަނީ 0.1653 މާކްސް އެވެ. ދެވަނާގައި އޮތް ގދ ނަޑެއްލާ ލިބިފައިވަނީ 0.1836 މާކްސް، އަދި ތިންވަނާގައި އޮތް ގދ މަޑަވެއްޔަށް ލިބިފައިވަނީ 0.1433 މާކްސްއެވެ. ގދ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައިވާ ގދ ތިނަދޫ ގދ ރޭންކިންގ ގެ 7 ވަނައިގައިއެވެ.

ހުރިހާ ކައުންސިލް ތަކުން ދެހާސް ނަވާރަ ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްގެ ރޭކިންއިން އެއްވަނަ ލިބިފައިވަނި ފ. ނިލަންދޫ ކައުންސިލަށެވެ. އަދި ދެވަނާގައި އޮތީ ކ. ހުރާއެވެ. އަދި ތިން ވަނާގައި އޮތީ އއ. މަތިވެރި އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންޑެކްސްއިން ވަނަތައް ހާސިލްކޮށްފައިވާ އަތޮޅުތަކަށް ބަލާއިރު މި ރޭކިންގެ އެއްވަނާގައި އޮތީ ފާދިއްޕޮޅު އަތޮޅު ކައުންސިލް އެވެ. ދެވަނަ ކޮޅުމަޑުލު އަތޮޅު ކައުންސިލަށް ލިބިފައިވާއިރު، ތިންވަނާގައި އޮތީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އެވެ.

ލޯކަލް ކައުންސިލްސް ފާފޯމަންސް އިންޑެކްސްއަކީ ކޮންމެ އަހަރެއްގެ ވެސް ލާމަަރުކަޒީ ދުވަހު އާންމު ކުރާ ތަފާސްހިސާބުތަކެކެވެ. މިއަހަރުގެ ލާމަރުކަޒީ ދުވަހަކީ މިއަދެވެ. ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފުރަތަމަ ފަހަރަށް އިންތިޚާބުވި ކައުންސިލްތައް ހުވާކުރިދުވަހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ