މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް މާދަމާ ހަވީރު!

މިއަހަރުގެ މިނިވަން ދުވަހުގެ ޚާއްސަ އަސްކަރީ ހިނގާލުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި މާލޭގައި އެވެ.

މި ޕެރޭޑް ފެށޭނީ ރައީސް އޮފީސް ކުރިމަތިންނެވެ.  އަދި މާލޭގެ 5 ސަރަހައްދެއްގައި ޕެރޭޑް މަޑުކުރާނެ އެވެ. ރައީސް އޮފީސް ކުރިމަތިން ފެށިގެން ޕެރޭޑް ކުރިޔަށްދާނީ ސޯސަން މަގުންނާއި މަޖީދީ މަގުން އަދި ބޮޑުތަކުރުފާނު މަގުންނެވެ. ޕެރޭޑް ނިންމާލާނީ ސިފައިންގެ ކަޅުތުއްކަލާ ކޮށި ސަރަހައްދުންނެވެ.

މި ޕެރޭޑްގައި ސިފައިންގެ އިތުރުން ސްކޫލުތަކުގެ ބޭންޑުތަކާއި ކެޑޭޓުން ބައިވެރިވާނެއެވެ.

ޕެރޭޑް މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު މިނިވަން ދުވަހުގެ ޚާއްސަ ކުޅިވަރުތައް މިރޭ މާލޭގެ ގަލޮޅު ދަނޑުގައި އޮންނާނެއެވެ. ހެވިކަމުގެ ކުޅިވަރުތައް ފެށޭނީ މިރޭ 21:00 ގައި އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް