ލޯބީގެ އެންމެ ކާމިޔާބު މީހާއަށް ވެސް ހީވެސް ނުކޮށް ހުއްޓައި "ބްރޭކް އަޕް" ގެ ހިތި ރަހަ އަރު ތެރޭގައި ލާން ޖެހިދާނެވެ. ގިނަފަހަރަށް އެކުގައި ކުރާ ވައުދާ ހުވާތައް އޭރަކު ފެންނާކަށް ނޯއްނާނެ އެވެ. ދެމީހުން ރުޅިވާއިރަށް ވެފައި އޮންނަނީ ބޮޑު ދެ އަދާވާތް ތެރިންނަށެވެ.
ބްރޭކްއަޕް ގެ ބަލިމަޑުކަމަކީ ޖާނުން ކިތަންމެ ވަރުގަދަޔަސް މީހާ އެއްކޮށް ތަންމަތިކޮއްލާ ކަމެކެވެ. ކަރުނައަޅާ ރޯ ފިރިހެނުންވެސް މަދެއްނޫނެވެ. ދިރާސާތަކުން ދައްކާގޮތުން ބްރޭކަޕްގެ ފުރަތަމަ ދުވަސްވަރު ފިރިހެނުންނަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. އާންމު ދިރިއުޅުމުގައި ނަމަވެސް ދުވަސްކޮޅަކުން މީހާ އެއްކޮށް މޯޅިވެ އެއްކަލަ ބަލިމަޑުކަމުން މީހާ ހުއްޓުން އަރުވާލައެވެ. ނަމަވެސް އަންހެނުންގެ ވާހަކަ މިކަމުގައި ތަފާތެވެ. އަންހެނުން ރުޅިވާ ފުރަތަމަ ދުވަހުން ފެށިގެން މިބަލިމަޑުކަމާ ލައިގަނެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ މިބަލިމަޑުކަމުން ޝިފާލިބި އާންމު ހާލަތަކަށް ރުޖޫއަވެ އެވެ.
ގިނަ ފިރިހެނުން ދެކޭގޮތުގައި އަންހެނުންނަށް މިކަމުން އަރައިގަންނަން ފަސޭހަވަނީ ގެންގުޅޭ ރައްޓެހިންގެ ސަބަބުންނެވެ. ހިތާވެގެން އުޅޭއިރުވެސް ދެމިހުން ދުރުކުރަން މަސައްކަތްކުރާ ރަހުމަތްތެރިޔަކު އަންހެންކުއްޖާ ކައިރީގައި ހުންނާނެވެ. މި ކުއްޖާގެ މަގުސަދަކަށް ވާނީ ދެމީހުންގެ ދޭތެރޭގައި ފިތުނަ އުފެއްދުމާ ބްރޭކަޕް ބަލިމަޑުކަމުން އަރައިގަތުމަށް "ބެކަޕްއެއް" ހޯދުމެވެ. މި ބެކަޕް ވެގެންދަނީ މިބަލީގެ "ޕެއިންކިލާ" އަށެވެ.
ފިރިހެން މީހާގެ ގެ ރައްޓެހިން މި ބަލިމަޑުކަމުގައި އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ސަބަބަކަށް ވާނީ ގިނަ ފިރިހެނުން ބޭނުންވަނީ މިދުވަސްތައް އެކަނި ހޭދަކުރުމަށެވެ. މި ދުވަސްތަކުގައި ހިތާމަވެރި ލަވަތަކުން ޝިފާ ހޯދާ ފިރިހެނުންވެސް މަދެއް ނޫނެވެ.
One Response
އޯކޭ ބުރޯ …. އަހަރުންކަހަލަ މީހުނަށް ނުވާނެ ތިކަންވެސް…..