logoEN
Sto top
ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާ ކުރުމުގެ ހުރިހާ ހަރަދެއް ދެއްވާނަން - ގާސިމް

ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާ ކުރުމުގެ ހުރިހާ ހަރަދެއް ދެއްވާނަން - ގާސިމް

އައިޝަތު އިފާޝާ

logo

7/21/2023, 6:00:40 AM

Qasim Ibrahim

ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާކުރުމުގެ ހުރިހާ ހަރަދެއް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Wamco

ޖޭޕީން ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އިވެންޓެއްގައި ގާސިމް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަށެވެ.

"ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި، ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް އެންމެ ގިނަވެގެންވެސް ވެރިކަމުގެ ދެވަނަ ނުވަތަ ތިންވަނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

"އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރާނަން އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން އެޕާޓީގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލްހުރި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ޖޭޕީގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside