
124712005_194110035503531_2284497810363862360_o
އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭފައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ލޯންޗުކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް ރާއްޖޭގައި ލޯންޗުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެސް ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ރީތި ނަން ހޯދައިދީ ޒުވާނުންގެ އުއްމީދުތައް ހާސިލުކޮށްދިނުން ކަމަށެވެ.
ދިވެހި އެސްޓްރޮނޯޓުން ސްޕޭސް އިންޑަސްޓްރީ ގައި މަސައްކަތް ކުރާ ދުވަސް އަޅުގަނޑުމެން ދެކެން ބޭނުން. އެފަދަ ފުރުސަތު ތައް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން ދިވެހިން އިތުރަށް ތަމްރީނުކުރުމަށް އައިޖީއެސް އިން ވަނީ އިނގިރޭސިވިލާތުގެ ފައުންޑޭޝަނެއް ކަމަށްވާ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަވާއިރު އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.