ދެ ކިޑްނީ ފެއިލްވެފައިވާ އެކަނިވެރި މަންމައަކު އެދެނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީއެއް!

އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ އަންސާރާ އަހުމަދު (އަންސާރާ) އަކީ މީގެ ފަސް އަހަރު ކުރިން ދެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ހިތާމަވެރި ހަބަރު ލިބުނީއްސުރެން އެކަމުގެ ވޭނާއި ތަކުލީފު އުފުލަން ޖެހިފައިވާ މީހެކެވެ. އޭރުން ފެށިގެން އެކަމަށް ފަރުވާ ހޯދުމަށް އެކި ގޮތްގޮތުން އަންސާރާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ ނަޝީދީގެ އަންސާރާ އަހުމަދު، އަންސާރާ އަކީ ވެސް މިދެންނެވިފަދަ ދެވޭން އެއްފަހަރާ އުފުލަމުން އަންނަ އަންހެނެކެވެ. ފަސް އަހަރު ކުރިން ދެ ކިޑުނީ ފެއިލްވި ހިތާމަވެރި ބިރުވެރި ހަބަރު ލިބުނީއްސުރެ، އަންސާރާ އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭތޯ އެކިގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. ހަފުތާއަކު ތިން ދުވަހު ޑައެލެސިސް ހައްދަން ޖެހިފައިވާ ތިންކުދިންގެ އެކަނިވެރި މަންމައަކަށްވުމުގެ ކުރިން އަންސާރާގެ ބޮޑު، ފުދުންތެރި އާއިލާއެއްވެސް އޮންނަކަމީ ހަގީގަތެކެވެ. އެހެނެއްކަމަކު އާއިލާގެ މާބޮޑު އެހީއެއްނެތި، ތިންކުދިންނާއެކު، އަންސާ އެހެން ނަމަވެސް އާއިލާގެ މާބޮޑު އެހީތެރިކަމެއް ނެތި، ތިންކުދިން ގޮވައިގެން، އަންސާރާ ދިރިއުޅެމުން އަންނަނީ ހިތްދަތި ދިރިއުޅުމެކެވެ.

މީގެ ފަސް އަހަރު ކުރިން ލިބުނު ހިތްދަތި ހަބަރާއެކު، ޑޮކްޓަރުން ދެއްވި އިރުޝާދާ އެއްގޮތަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދޭގޮތެއް ވޭތޯ އަންސާރާ މަސައްކަތް ކުރަން ފެށިއެވެ. އަދި އެކި ފަރާތްތަކަށް އެހީތެރިކަމެއް ވެދިނުމަށް އެދި އަންސާރާ ކުރި އާދޭހުގެ ސަބަބުން އޭރު ކިޑްނީއެއްވެސް އޭނާއަށް ލިބުނެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް ކުރަންޖެހޭ ޚަރަދު ނުކުރެވުމުގެ ސަބަބުން އެކަން އޭރު ވާނެ ގޮތެއް ނުވިއެވެ.

އޭގެ ފަހުން މިއަދާ ޖެހެންދެންވެސް އަންސާރާ ދަނީ ޑައެލެސިސް ހަދަމުންނެވެ. އަދި ކިޑްނީއަކާއި އެކަމަށް ބޭނުންވާ ޚަރަދުތައް ކުރެވޭނެ ގޮތެއް ހޯދުމަށްވެސް އަންސާރާ ގެންދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެކި މީހުންގެ ފަރާތުން އެހީތެރިކަން ލިބުނު ނަމަވެސް ކިޑްނީއެއް ގަނެ އެކަމަށް ކުރަންޖެހޭ އިތުރު ޚަރަދުތައް ކުރާނެހާ ފައިސާއެއް ލިބިފައިނުވެއެވެ.

އަންސާރާގެ މަސައްކަތުން އަނެއްކާވެސް މިހާރު މިވަނީ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ވަނީ ލިބިފައެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ކުރަން ޖެހޭ ޚަރަދުތައް ނުކުރެވުމުގެ ސަބަބުން ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ލިބިފައިވާ ކިޑްނީ އޭނާގެ އަތުން ބީވެދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

އެހެން ކަމުން އަންސާރާ އެދެނީ މިހާރު ލިބިފައިވާ ކިޑްނީވެސް ގެއްލުމުގެ ކުރިން އޭނާއަށް ޓްރާންސްޕްލާންޓް ކުރުމަށް ކުރަންޖެހޭ ޚަދަރުތައް ކުރުމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށެވެ. އޭނާގެ ދިރިއުޅުން ކުރިއެކޭ އެއްގޮތަށް އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގައި އަމިއްލަ ދަރިން ބަލައި ބޮޑުކުރުމަށް ފުރުސަތެއް ހޯދުމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ.

އަންސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރައްވާނީ:

  • MVR 7708505270101 އަންސާރާ އަހުމަދު
  • USD 7770000031521
  • އިތުރު މައުލޫމާތު ހޯއްދެއްވަށް ،7203911
ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް