logoEN
ޕީއެންސީ 2
އޭ ބްރޯ! ކޮބާ ނެތްތަ ކޮފީއެއް؟

އޭ ބްރޯ! ކޮބާ ނެތްތަ ކޮފީއެއް؟

ހުސައިން އަހްމަދު

logo

11/15/2020, 8:56:52 PM

Questions-To-Ask-Your-Best-Friend-main

މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލް އެއްކަމަކީ ކޮފީއަށް ދިއުމެވެ. ކޮފީއަކީ ރައްޓެހިން އެއްވެލާ ވާހަކަދައްކާލައި ހީ ސަމާސަ ކޮއްލަން ބޭނުންކުރާ "އެކްސްކިއުޒް"އަކަށް ކިޔާ ނަމެކެވެ. ދުވާލަކު މަދުވެގެން ތިން ފަހަރު ކޮފީއަށް ނުދެވެންޏާ ލައިފް ބޯރިންގ ވީއެވެ. ދިރިއުޅުމަށްޓައަކި އެކި މަސައްކަތްތަކުގައި ބުރަކޮށް އުޅޭ އިރު ހަމަ ނޭވާއެއްލާން ލިބޭ ވަގުތަކީ މި ކޯފީ ބޯން ދާ ވަގުތު ކަމުގައި ވެދާނެއެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް މިނެޓަކު އެއްފަހަރު ފޭސްބުކް ފީޑް ހާވާލުން މިވަނީ އާދައަކަށް ވެފައެވެ. މިހާރު މިހެން އޮޅިގެންވެސް މެސެންޖާރ ހުޅުވާލެވިއްޖެއްޔާ އެންމެ އަވަހަށް ފެންން މެސެޖައަކީ އޭ ބްރޯ ކޮބާ ނެތްތަ ކޮފީއެއް؟ މި ސުވާލެވެ.

ޝަރީ 2024

މީގެ އެންމެ ސަޅި ތަންކޮޅަކީ އަދި ކޮފީއަށް ގޮސް މިދޭ އޯޑަރެވެ. ކޮފީގެ ނަމުގައި ރެސްޓޯރެންޓަށް ގޮސް ބޯން ޖެހެނީ ރެޑްބުލްއެކެވެ. ނޫނީ މިލްކްޝޭކެއް ނުވަތަ މޮކްޓެއިލެކެވެ. ނޫނީ ދެ ފޫޓް ވަރު ހުންނަ ސަބެއް އަރުވާނުލެވެނީސް ކޮފީ ބޮވުނުކަމަކަށް ނުވެއެވެ. ކޮފީ އަކީ ހަމަ ނަމެކެވެ. މުހިންމީ އެންމެން އެއްކޮށް މަޖާކޮށްލާ ހިތްހަމަޖައްސާލުމެވެ. މިހާ ބުރަކޮށް މަސައްކަތް ކުރާ އިރު ރައްޓެހިންނަށް، ބައިވެރިޔާއަށް، އާއިލީމީހަކަށް ނުވަތަ މައިންބަފައިންނަށް ވަގުތެއް ހުސްކޮށްލުން ގޯހެއްނޫނެވެ. ކޮފީއަށް ގޮސް ބޭކާރުކޮށްލާ ވަގުތުކޮޅު އެކަމަށް ހުސް ކުރިޔަސް ލިބޭ ފައިދާވެސް އަދި ސަވާބުވެސް މާ ބޮޑު ވާނެއެވެ.

ކޮފީގެ ނަމުގައި އެފަދަ ގޮތްތަކަށް އަމަލު ކުރާ މީހުން އެކަމަށް ކިޔާ ނަމަކީ ކޮފީއަށް ހެދުމަކުން މުޅިން ގޯހެއްވެސް ނޫނެވެ. ގޯސްވާ ހިސާބަކީ ކޮފީއަށް ކިޔައި، ކޮފީ މޭޒާހަމައަށް ދާއިރު އަދި ދެތިން އެހެން މީހުން ގޮވައިގެން އަންނަ އައުމެވެ.

ކޮފީގެ ނަމުގައި ތިޔަ ހޭދަކޮށްލާ ބޭކާރު ވަގުތު އެކަމަށް ދުއްވާނުލައި ތިމާގެ ޒިންމާތަކާއި ވާޖިބްތައް އަދާކުރުމުގައި މަސްއޫލުވާށެވެ. ދީލަތިވުމާއި އެހީތެރިވުންވެސް ހިންހަމަޖެހުމަކަށް ހަދާށެވެ.

ކަމަކާ ފިކުރުބޮޑުވެ ހާސްވާނަމަ ރައްޓެއްސަކަށް ގޮވާލަ ކޮބާ ކޮފީއެއް ނެތްތޯ އަހާލަބަލާށެވެ. މުހިންމީ ކޮފީއެއްނޫނެވެ. ތިބާގެ ކަންބޮޑުވުމާއި އިހްސާސްތައް ރައްޓެއްސަކާ ހިއްސާކޮއްލުމެވެ.

މި ލިއުމުގެ އަސްލު މަޤަސަދަކީ ތިބާއަށް މިއަދު ކޮފީއެއް ހޯދައިދިނުން ކަމުގައިވެސް ވެދާނެއެވެ. އަވަހަށް ދެތިން ރައްޓެހިންނަށް ޓެގްކޮއްލާށެވެ. ކޮފީ އެއް ހަމަ ލިބިދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ