
އަންހެނަކަށް އިންނާނެ މީހަކު ހޯދައިދިން މީހަކަށް 77،000 ހާސް ރުފިޔާގެ އިނާމެއް
cover-Sy7gSSNwI
އަންހެނަކު އޭނާ އިންނާނެ މީހަކު ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ހުށަހަޅައިފިއެވެ.

އީވް ޓިލީ ކްލޫސަން ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ އަންހެން މީހާ ވަނީ މީގެ ކުރިން އޭނާ އިންނާނެ ފިރިހެނަކު ހޯދައިދިނުމަށް އޭނާގެ ރަހްމަތްތެރިންގެ ކިބައިންވެސް އެދިފައެވެ. އަދި އެކަމުގައި އޭނާއަށް އެހީތެރިވެދިން މީހަކަށް 5،000 ޑޮލަރު (77،100 ދިވެހި ރުފިޔާ) ދޭނެ ކަމަށްވެސް ބުނެފައެވެ.
އަދި މިދިޔަ ޖޫން މަހު އޭނާ ވަނީ ޓިކްޓޮކްގައި އޭނާގެ ފޮލޯވަރުނަށްވެސް ހަމަ އެކަންތައް ހުށަހަޅާފައެވެ. އަދި އޭނާއަށް ރަނގަޅު ފިރިހެނަކު ތައާރަފުކޮށް އެމީހަކާ ކައިވެނިކުރެވިއްޖެ ނަމަ އެކަމުގައި އެހީތެރިވި މީހަކަށްވެސް 5،000 ޑޮލަރު ދޭނެ ަކަމަށް އޭނާ ބުނެފައިވެއެވެެ.
އޭނާގެ އެ ވީޑިއޯއަށް 556،000 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ބައެއް މީހުން ވަނީ އެމީހުން މެދުވެރިވެގެން 25 އަށްވުރެ ގިނަ ބައިވެރިން އޭނާއަށް ހުށަހަޅާފައެވެ.
އޭނާ ބުނީ އެހާ ގިނައިން ޕްރޮޕޯސަލް ލިބުނު ނަމަވެސް އަދި އެއްވެސް މީހަކާ އެކު ޑޭޓް އަކަށް ނުދާ ކަމަށާއި، ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ގިނައީ އަންހެނުން ކަމަށެވެ.
އޭނާ ބުނި ގޮތުގައި، އެކަމުގައި އޭނާއަށް ގިނަ ބަޔަކު އެހީތެރިވެދިނުމަށް ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން އޭނާއަށް ކަމުދާ މީހަކާ ކައިވެނި ކުރާ ހިސާބަށް ދިއުމުން އެކަމުގައި އެހީތެރިވި މީހާއަށް ފައިސާގެ އިނާމު ދޭނެ ކަމަށެވެ.