
މާ ގިނައިން ފާހާނަތެރޭ ޝޭމްޕޫ ފުޅި ހުރުމުން އަންހެނަކު ބައިވެރިޔާ ދޫކޮށްލައިފި
New Project (63)
އަންހެނަަކު ޑޭޓް ކުރި ފިރިހެން މީހާގެ ކޮޓަރީގެ ފާހާނަތެރޭގައި މާ ގިނަ އަދަދަކަށް ހުސްވެފައި ހުރި ޝޭމްޕޫ ފުޅިތަކެއް ހުރުމުން ފިރިހެން މީހާ ދޫކޮށްފައި ގޮސްފިއެެވެ.

ޖޯޑަން މެކްނެލީ ނަމަކަށް ކިޔާ އަންހެން މީހާ ވަނީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މިހާގެ ގެއަށް ގޮސް އުޅެނިކޮށް ފާހާނައަށް ވަތް ގަޑިއެއްގައި ފާހާނަތެރެއިން އޭނާއަށް ފެނުނު ކަންތައް ކިޔައިދީފައެވެ.
އޭނާ ވަނީ އެ ފާހާނައިގެ ވީޑިއޯއެއްވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އެ ފާހާނައިގެ ތެރޭގައި 17 ވަރަކަށް ޝޭމްޕޫ ފުޅި ހުއްޓެވެ.
ޝޭމްޕޫ ފުޅިތަކެއް ފާހާނަތެރޭގައި ހުރުމަކީ މާ ބޮޑު މައްސަލައެއްވެސް ނޫނެވެ. އަދި އެއީ އެހާ އާދަޔާ ޚިލާފު ކަމެއްވެސް ނޫނެވެ. ނަމަވެސް އެހާ ގިނަ އަދަދަކަށް އެކި ފުޅީގައި އެކި ވަރަށް ޝޭމްޕޫ ބޭނުންކޮށްފައި ހުރުމުން އޭނާ ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.
އެ ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ އެކި ގޮތަށް ކޮމެންޓުކޮށްފައެވެ. އަދި އެކަމަށް ޖޯކު ޖަހައި އެކި މީހުން ދިޔައީ އަވަހަށް އޭނާ ދޫކޮށްފައި އެގެއިން ނުކުމެގެން ދިއުމަށްވެސް ބުނެފައެވެ. އަދި ބައެއް މީހުން ވަނީ އެއީ އޭނާ އަމިއްލައަށް ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ އެއްޗެއް ކަމަށްވެސް ބުނެފައެވެ.
އަދި ބައެއް މީހުން ވަނީ، އޭނާ އަކީ ގެސްޓު ހޮޓަލެއްގައި މަސައްކަތް ކުރާ މީހަކަށް ވެދާނެ ކަމަށާއި، އެތަންތަނުން އާންމުކޮށް ހުސްނުވެ ހުންނަ ޝޭމްޕޫ ފުޅި ކަހަލަ އެއްޗެހި އުކާލާ ކަމަށް ބުނެފައެވެ. އަދި އޭނާ އެތަކެތި ގެއަށް ގެނައީ ކަމަށް ވެދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.