
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ފިޓްފެމިނިންގެ މައްޗަށް ހުއްޓޭކޮޑާ ކުރިހޯދައިފި
DSC_5734
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ފިޓް ފެމިނީންއާއި ހުއްޓޭކޮޑާ ވާދަކުރި މެޗު ހުއްޓޭކޮޑާ އިން ކާމިޔާބު ކޮށްފި އެވެ.

މިރޭ ތިނަދު އާރް އަވަށު ދަނޑުގައި ކުޅުނު މި މެޗު ހުއްޓޭކޮޑާ ކާމިޔާބުކުރީ 10-7 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް ފިޓް ފެމިނީން ވަނީ ރަނގަޅު ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ.
މިމެޗުގެ ގޯލުތަށް ފިޓް ފެމިނިންގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 9) އިނާޔާ ފާރޫގް 1 ގޯލް ، (ޖާޒި ނަމްބަރު 17) މަރިޔަމް ލައިޝާ 2 ގޯލް ، ( ޖާޒީ ނަމްބަރު 11) ފާތިމަތު ޖުނާ 4 ގޯލް އެވެ. އަދި ހުއްޓޭކޮޑާގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 10) ޔާދަވް ޖާންވީ 7 ގޯލް , ( ޖާޒީ ނަމްބަރު 12) އައިޝަތް އައިމާ އަލީ 3 ގޯލް އެވެ.
މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހުއްޓޭކޮޑާގެ ޖާޒީ ނަމްބަރު 10 ،ޔާދަވް ޖާންވީ އެވެ.
ފިޓްފެމިނިން ގްރޫޕު ސްޓޭޖުގައި ދެން ވާދަކުރާނީ ޓީމް ފެނަކަ އާއި އެވެ. އަދި ހުއްޓޭކޮޑާ ވާދަކުރާނީ ހޭޔަންބޯއާއި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.