logoEN
cocacola
ހުވަދު އަތޮޅު ދެރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުވަދު އަތޮޅު ދެރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

2/26/2021, 6:30:00 PM

ސހުރަު

ހުވަދު އަތޮޅުގެ ދެރަށެއް ހިމެނޭހެން ޖުމުލަ 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމާއި ގުޅޭ އެއްބަސްވުމުގައި 5 ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ.

ގޮސިޔާ

އިއްޔެ ސޮއިކުރެވުނު ހުވަދު އަތޮޅުގެ ދެރަށުގެ އެއްބަސްވުމަކީ ގދ ރަތަފަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ އެއްބަސްވުމާއި ގއ. ކޮނޑޭގައި ފެނާއި ނަރުދަމާގެ ނިޒާމުގެ އެއްބަސްވުމެވެ.

ގދ ރަތަފަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކުގައި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރުގްއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ އެމް.ޑީ އަހްމަދު އަސްލަމްއެވެ. އެގޮތުން މި މަޝްރޫއު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވުނީ 33،692،736 ރުފިޔާއަށެވެ. މިމަޝްރޫއުއެއްގެ މަސައްކަތް 780 ދުވަހުގެ ތެރޭގައި ނިންމާލެވޭނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގއ. ކޮނޑޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކްޓެކް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރުގްއެވެ. މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެމް.ޑީ އަހްމަދު ނަސީމްއެވެ. އެގޮތުން މި މަޝްރޫއު މާކްޓެކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވުނީ 35،962،704 ރުފިޔާއަށެވެ.. މިމަޝްރޫއުއެއްގެ މަސައްކަތްވެސް 780 ދުވަހުގެ ތެރޭގައި ނިންމާލެވޭނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އއ. ބޮޑުފޮޅަދޫ ، ތ. އޮމަދޫ ، ދ. މާއެނބޫދޫ ، ހއ. އުތީމު ، ހދ. ނައިވާދޫ ، ފ. ފީއަލީ ، ރ. ރަސްމާދޫ ، ތ. ބުރުނީ ، ދ. ރިނބިދޫ ، ތ. ވޭމަންޑޫ ، ރ. މާކުރަތު ، ދ. ހުޅުދެލީ އަދި ލ. ދަނބިދޫ ގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމްތަށް ގާއިމްކުރުމާއި ގުޅޭ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއި ކޮށްފައެވެ.

މި މަޝްރޫއުތަކުގެ ދަށުން އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނަރުދަމާ ޕަމްޕް ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އެއްވެސް ގާއިމްކުރެވިގެންދާނެއެވެ. ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަންވެސް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ