logoEN
ޕީއެންސީ 2
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: ހޭޔަންބޯއިން ޓީމް ފެނަކަ ލަދުގައްނުވާލައިފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: ހޭޔަންބޯއިން ޓީމް ފެނަކަ ލަދުގައްނުވާލައިފި

އަހުމަދު ޝުރާއު

logo

2/25/2021, 10:31:44 PM

DSC_5425

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ ގްރޫޕް B ގައި ޓީމް ފެނަކަ އާއި ހޭޔަންބޯ ވާދަކުރި މެޗު ފަސޭހަ ކަމާއި އެކު ހޭޔަންބޯއިން ކާމިޔާބުކޮށްފި އެވެ.

ޝަރީ 2024

މިރޭ ތިނަދު އާރް އަވަށު ދަނޑުގައި ކުޅުނު މި މެޗު ހޭޔަންބޯ ކާމިޔާބުކުރީ 26-4 ގެ ނަތީޖާއަކުންނެވެ. މި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ވެސް ހޭޔަންބޯއިންނެވެ.

މިމެޗުގެ ގޯލުތަށް ހޭޔަންބޯއަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 5) ޖައިސްވާލް ސްވަރިނިމާ 10 ގޯލް ، (ޖާޒި ނަމްބަރު 10) ކުމާރީ އަރްތީމާ 7 ގޯލް ، ( ޖާޒީ ނަމްބަރު 9) އާމިނަތް ޒައިނާ 1 ގޯލް އަދި (ޖާޒީ ނަމްބަރު 17) ހަދީޖާ ރިހުމާ 2 ގޯލް , (ޖާޒީ ނަމްބަރު 11) ޝަހުނާ މުހައްމަދު 2 ގޯލް އަދި (ޖާޒީ ނަމްބަރު 7) އަޒްލިފާ އަބްދުލްއަޒީޒު 1 ގޯލް އެވެ. އަދި ޓީމް ފެނަކައިގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 13) ފާތިމަތު މަޒިއްޔާ 1 ގޯލް އަދި ( ޖާޒީ ނަމްބަރު 10) ފާތިމަތު ސިނާ 1 ގޯލް އަދި ( ޖާޒީ ނަމްބަރު 11) ނާދިޔާ ޔޫސުފް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޭޔަމްބޯ ޖާޒީ ނަމްބަރު 5 ،ޖައިސްވާލް ސްވަރިނިމާ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ