ސިފައިން މިއަދު ތިނަދޫގައި ބޭއްވި ޕެރޭޑްގައި މި ތުއްތު ކުއްޖާގެ ފޮޓޯއިން ކިޔައިދޭ ވާހަކަ

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ގދ ތިނަދޫގައި، ދިވެހި ސިފައިން މިއަދު ބޭއްވި ޕެރޭޑްގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ތުއްތު ކުއްޖެއްގެ ފޮޓޯއަކަށް ހުއްޓުނެވެ.

މިއަދު ތިނަދޫގައި ބޭއްވި ޕެރޭޑް ބަލާލުމާއި ފޮޓޯ ނެގުމަށް ތިނަދޫގެ ކުދިބޮޑު އެތައް ބަޔަކު ޖަމާވިއެވެ. ތިނަދޫ ސްޓޭޑިއަމް އިން ފެށިގެން ތިނަދޫ މިއުޒިއަމް ޕާކު ސަރަހައްދަށް ޕެރޭޑް ހުއްޓުމާ ހަމައަށް އެތައް ބަޔަކު ވަނީ އެ ޕެރޭޑް ބަލައި ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްފައެވެ.

ނަމަވެސް އޭގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތުއްތު ސިފައިންގެ ކުއްޖެއްގެ ފޮޓޯއެކެވެ. ސިފައިންގެ ހެދުން ރަމްޒުކޮށްދޭ ފަދަ ހެދުމެއް ލައިގެން ހުރި ތުއްތު ކުއްޖަކު ސިފައިންގެ ބޭކަލުންގެ ކުރިމަތީގައި ހުރެ ސެލިއުޓް ކުރާ މަންޒަރެވެ.

އެގޮތުން އެ ތުއްތު ކުއްޖާގެ ދައްކުވައިދެނީ ދިވެހި ސިފައިންގެ ހިތުގައި އެ ތުއްތު ހިތުގައި އުފެދިފައިވާ ލޯތްބެވެ. ގައުމީ ބަތަލުންގެ ކުރިމަތީގައި ކުޑަކުޑަ ބަތަލަކު މިއަދު ދެއްކި މަންޒަރުން ހަމަ ޔަގީނުންވެސް ގައުމުގެ ދިފާއުގައި އަމިއްލަ ފުރާނަ ގުރުބާން ކޮށްލަން ތިބި ސިފައިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެންނާނެ ކަން ޔަގީނެވެ.

ދިވެހި ދިދަ އަތަށް ނަގައިގެން ހުރެ ދިވެހި ސިފައިގެން ހެދުމެއްގައި ހުރެ ކުރި ސެލިއުޓަކީ ހަމަ ޔަގީނުންވެސް ގިނަ ބަޔަކަށް ސިފައިންގެ ހިދުމަތާއި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރުމަށް ދެވުނު ބޮޑު ހަދިޔާއެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް