
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފޭދޫ ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
drug4_19e6c316f8
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ފޭދޫ ކޯޓުން މި ހުކުމް އިއްވީ، އެރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ އަހުމަދު ވަރުދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޕެޑުލްކުރުމުގެ ދައުވާ އެވެ. އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
އެދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާތީ 25 އަހަރަށް ޖަލަށް ލުމާއެކު، 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި ކެނަބިސް ދައުވާގައި އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 15،000ރ. ގެ ޖޫރިމަނާއެކެވެ.
ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެއް އަހުމަދު ވަރުދީގެ މައްޗަށް އިއްވި މި މައްސަލައަކީ ފުލުހުންގެ ސައުތު ޑްރަގު އެންފޯސްމެންޓް ޓީމުން ތަހުގީގުކުރި މި ބާވަތުގެ ފުރަތަމަ މައްސަލަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވަރުދީގެ ކޮޓަރި ފާސްކުރި އިރު، މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ގިނަ އަދަދެއްގެ ތަކެއްޗާއި 29،000ރ. ފެނިފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ އޭނާގެ މަންމަގެ ފައިސާތަކެއް ކަމަށް ޝައްކު އުފެދިފައިވާތީ އެ ފައިސާތައް ދައުލަތަށް ނެގުމަށް އަމުރެއް ލިބިފައެއް ނުވެ އެވެ.



