logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: އައުޓްލޯޒްއަށް ފަސޭހަ މޮޅެއް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: އައުޓްލޯޒްއަށް ފަސޭހަ މޮޅެއް

އަހުމަދު ޝުރާއު

logo

2/25/2021, 9:25:23 PM

DSC_5171

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި އައުޓްލޯޒް ކުއީންސް އާއި ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް ވާދަކުރި މެޗު އައުޓްލޯޒް ކުއީންސް ޓީމް ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

މިރޭ ތިނަދު އާރް އަވަށު ދަނޑުގައި ކުޅުނު މި މެޗު އައުޓްލޯޒްއިން ކާމިޔާބުކުރީ 13-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި އެވެ.

މިމެޗުގެ ގޯލުތަށް އައުޓްލޯޒް ކުއީންސްއަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 8) ޔަސްފާ އާދަމް 5 ގޯލް ، (ޖާޒި ނަމްބަރު 11) މައިޝާ މުސްތަފާ 5 ގޯލް ، ( ޖާޒީ ނަމްބަރު 13) ފާތިމަތު ނިއުޝާ 3 ގޯލް އެވެ. އަދި ހޯނޑެއްދޫ ހޭންޑްބޯލް ކްލަބަށް މި މެޗުގައި ޖެހުނު ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 9) ހަސާނަތް އަހުމަަދު 1 ގޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އައުޓްލޯޒް ކުއީން ޓީމްގެ ޖާޒީ ނަމްބަރު 3 ،ނާހިދާ އަހުމަދު އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ