logoEN
Sto top
ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ - އިންޑިއާ ހައި ކޮމިޝަން

ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ - އިންޑިއާ ހައި ކޮމިޝަން

އިންޑިއަން ހައިކޮމިޝަން

އިންޑިއާއަށް ދަތުރު ބޭނުންވާ ފަރާތްތަކަށް ވިސާ ނެގުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭގައި އެކަމަށް ހައްލެއް ގެންނާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

Wamco

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ގައި އަޅާފައި ފިޔަވަޅުތަކުގެ ސަބަބުން މެޑިކަލް ވިސާގައި އިންޑިއާ އަށް ދާނަމަ ވިސާ ނަގަން ޖެހެ އެވެ. ވިސާ ނަގަންވެގެން ހައި ކޮމިޝަންގައި ގިނަ ވަގުތުތަކެއް ވަންދެން ކިޔޫގައި ތިބެން ޖެހޭތީވެ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މި މައްސަލަތަކާއި ގުޅިގެން އިންޑިއާގެ ހައި ކޮމިޝަނުން ބުނީ ވިސާ ހިދުމަތައް އެދޭ ފަރާތްތަކަށް ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި މެޑިކަލް ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށްވެސް ސްޓްރީމްލައިން ވިސާ ޓޯކެން ސިސްޓެމް އަކުން ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމުން އިންޑިއާގެ ބޯޑަރުތައް ބަންދުކުރެވުނެވެ. އެހެންނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން 2020 ވަނަ އަހަރު ޖޫން އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރު ކުރެވޭ ގޮތް ވަނީ ހަދައިފައެވެ. އެގޮތުން މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside