
މޯލްޑޯވާ އެއާޕޯޓުގައި ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ
Screenshot 2023-07-01 at 18.54.01
މޯލްޑޯވާގެ މައި އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ސެކިއުރިޓީ އޮފިސަރެެއްގެ ގަޔަަށް ބަޑިޖަހައި މަރާލައި އާންމު މީހަކު ޒަހަމްކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހަމަލާދީފައިވަނީ އިއްޔެ އުމުރުން 43 އަހަރުގެ ތަޖިކިސްތާނު ފިރިހެނަކެވެ. އަދި އޭނާ ބަޑިޖަހާފައިވަނީ ސެކިއުރޓީ އޮފިސަރެއްގެ ބަޑި ޖަހައިގަތުމަށް ފަހުގައި އެވެ.
ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އަމިއްލައަށް ޒަހަމްވެފައިވީ ނަމަވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ތަޖިކިސްތާނުގެ ޖެނެރަލް ޕްރޮސެކިއުޓާ އޮފީހުން ވަނީ ހަމަލާ ދިން މީހާއަކީ ރުސްތަމް އަޝުރޯވް ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ދުޝަންބޭގައި ހުންނަ ތަޖިކިސްތާނުގެ ބޭންކެއްގެ ޑެޕިއުޓީ ޗެއާމަން ވަގަށް ނެގި "އޯގަނައިޒްޑް ކްރިމިނަލް ގްރޫޕް"ގެ މެމްބަރެއް ކަމަށް ބުނެފަ އެވެ.
ޕްރޮސެކިއުޓަރ އޮފީހުން ބުނީ ޖިނާއީ ތަހުގީގެއް ފެށުމުން ދުޝަންބެއަށް ނިސްބަތްވާ އަޝުރޯވް ތުރުކީ މަގުން މޯލްޑޯވާއަށް ފިލައިގެން ދިޔައީ "[ޔޫރަޕިއަން ޔޫނިއަންގެ] ގައުމުތަކުގައި ފިލައިގެން އުޅުމުގެ މަގުސަދުގައި" ކަމަށެވެ.
އިއްޔެ މޯލްޑޯވާގެ ވެރިރަށް ޗިސިނާއު އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ އައުމަށްފަހު، އެ ގައުމަށް ވަނުމަށް ހުރަސް އަޅައި، އޮފިޝަލުން އޭނާ ގޮވައިގެން ދާތީ ގާޑެއްގެ ހަތިޔާރު އަތުލި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އޭނާ ވަނީ ދެ ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް ބަޑިޖަހައި މަރާލާފަ އެވެ. މި ހަމަލާގައި ދަތުރުވެރިއަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.
މި ހާދިސާ އަކީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ތަޖިކިސްތާނުގެ ޖެނެރަލް ޕްރޮސެކިއުޓާ އޮފީހުން ވަނީ ނިންމާފައެވެ.