logoEN
ޕީއެންސީ 2
"ރަށްވެހި ފަތިސް" ރީ-ލޯންޗިންގ މިރޭ

"ރަށްވެހި ފަތިސް" ރީ-ލޯންޗިންގ މިރޭ

އަހުމަދު ޝުރާއު

logo

2/25/2021, 12:42:30 PM

Screenshot 2021-02-25 at 12.40.34

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕޭން ރީ-ލޯންޗް ކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ ބާއްވުމަށް ވަނީ ނިންމާފައި އެވެ.

ޝަރީ 2024

ވެރިކަން ކުރާ މައި ޕާޓީގެ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މި ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވާޗުއަލް ކޮށެވެ. އެހެން ކަމުން މިޖަލްސާގައި ރަށްރަށުގެ ތިބި އެމްޑީޕިގެ ކެންޑިޑޭޓުން ބައިވެރިވަޑައިގަންނަވާނީ ވާޗުއަލްކޮށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މި ޖަލްސާގައި އެދެބޭފުޅުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައިއެވެ.

ރައްވެހި ފަތިސް ކެމްޕެއިން ރީލޯންޗު ނިންމާފައިވަނި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ލޯންޗުކުރިފަހުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އިންތިހާބު ފަސްވުމާއި ގުޅިގެންނެވެ. އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނި އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރައްވެހި ފަތިސް ކެމްޕޭން ލޯންޗުކުރީ މިދިޔަ އަހަހުގެ ފެބްރުއަރީ 21 ވަނަ ދުވަހު އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާ އެއްގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ