logoEN
cocacola
ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް

އަހުމަދު ޝުރާއު

logo

2/25/2021, 12:23:38 PM

Dhiraagu Fibre Broadband

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ.

ގޮސިޔާ

މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގު ފައިބަރ ކޭބަލްއެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނަށް މާޗު މަހުގެ ނިޔަލަށް %50 އިތުރު ހިލޭ ޑޭޓާ ފައިބަރ ބޫސްޓަރ ލިބިލައްވާނެކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މި ޚާއްސަ ޕްރޮމޯޝަނުގައި 15 މާރިޗް 2021ގެ ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި 25 ފަރާތަކަށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން %50 ޑިސްކައުންޓް 2 މަސް ދުވަހަށް ލިބިގެންދާނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ