logoEN
cocacola
މުޒާހަރާގެ ބައެއް ބައިވެރިން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާކަން ފާހަގަކުރެވޭ - އެޗްއާރްސީއެމް

މުޒާހަރާގެ ބައެއް ބައިވެރިން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާކަން ފާހަގަކުރެވޭ - އެޗްއާރްސީއެމް

އަހުމަދު ޝުރާއު

logo

2/25/2021, 12:07:06 PM

281071_3_50f83f9643b478e2f7779c6722f2e025a75e14d1_large

ކޮވިޑް-19 ބަލިމަޑުކަމުގެ މި ހާލަތުގައި، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރްސީއެމް ) އިން ބުނެފިއެވެ.

ގޮސިޔާ

އެޗްއާރްސީއެމްއިން ރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގަކަށް ވީހިނދު، މި ހާލަތާ ގުޅިގެން އާންމުން ރައްކާތެރިކޮށް، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުންކުރަމުން އައި ގޮތްވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް ކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު، މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަ ކުރެވުނު ކަމަށް މި ބަޔާނުގައި ވެއެވެ.

މިފަދަ ދަނޑިވަޅެއްގައިވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިމިގްރާތީ މުޖުތަމައެއްގައި ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ހައްގެއްކަން ގަބޫލުކުރާ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ

ފުލުހުން މުޒާހަރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާއިރު މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންދަވާއިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބާރުގެ ބޭނުން ކުރެއްވުމަށާއި މުޒާހަރާ މޮނިޓަރ ކުރައްވާ މީޑިއާގެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަންވެސް ކަށަވަރުކޮށްދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިހާލަތުގައި މާލޭގެ މަގުތަކުގެ ސިލްސިލާ ހަރަކާތްތަށް ބާއްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ