logoEN
ކޮކާކޯލާ
 ޗެމްޕިއަންސް ލީގު - ރެއާލް މެޑްރިޑް ވެސް ކުއާޓާއާއި ގާތަށް

ޗެމްޕިއަންސް ލީގު - ރެއާލް މެޑްރިޑް ވެސް ކުއާޓާއާއި ގާތަށް

ގާފު އެޑިޓޯރިއަލް

logo

2/25/2021, 11:56:00 AM

real

ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުންވެސް އެޓްލާންޓާ ބަލިކޮށް ކުއާޓާ ފައިންލަށް ދިޔުމުގެ އުންމީދު އާކޮށްފި އެވެ.

އަބުޅޯ

އެޓްލާންޓާ ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 1-0 ރެއާލް ކުރީގައި އޮވެގެންނެވެ. އެޓަލަންޓާ އަށް ރޭގެ މެޗުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އެއީ މެޗުގެ 17 ވަނަ މިނިޓްގައި އެޓަލަންޓާގެ ރަތް ކާޑެއް ދެއްކުމުންނެވެ. ފާލަންޑް މެންޑީ އަށް ފައުލުކުރުމުން ރެފްރީ ފޮރެއޮލާ ވަނީ ރަތް ކާޑު ދައްކާފައި އެވެ.

ގިނަ ކުޅުންތެރިން ތަކަކާއި ނުލައި ރެއާލުން ކުޅުުނު މިމެޗު ނިމިގެން ދިޔައީ ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ގޯލެއް ޖެހުމުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެންޑީ އެވެ. މެންޑީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް މި ދެ ޓީމުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ގައެވެ. މިމެޗު ކުޅޭނީ ރެއާލު ގެ ރަސްމީ ދަނޑުކަމަށްވާ ސެންޓިއާގޯގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ