logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ މެޗުތަށް އައިސްޓީވީ އިން ލައިވް ކުރާނެ

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގެ މެޗުތަށް އައިސްޓީވީ އިން ލައިވް ކުރާނެ

އަހުމަދު ޝުރާއު

logo

2/25/2021, 10:51:51 AM

IMG_1785

ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ތިނަދޫގައި މިހާރު ކުރިޔަށްދާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯޯނަމެންޓް 2021 ގެ މެޗުތަށް އައިސްޓީވީ އިން ލައިވް ކުރަން ފަށައިފި އެވެ.

ގޮސިޔާ

މި މުބާރާތުގެ މެޗުތަށް އައިސްޓީވީއިން ލައިވްކުރަން ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން މިޗުތަށް ލައިވް ކުރަމުން ދަނީ މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓިންގ ޕާޓްނާރ އިވެންޓް ކާސްޓުގެ އެހީތެރިކަމާއި އެކުގައި އެވެ.

ހަވަރު ސްޕޯޓްސްގެ އޮފިޝަލަކު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި މުބާރާތުގެ މެޗުތަށް އައިސްޓީވީއިން ލައިވް ކުރަން ފަށާފައިވަނީ ގިނަ ބަޔަކަށް މުބާރާތް ބެލޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަޤްސަދުގައި އެވެ. އަދި މިއާއި ކޮންމެ ރެޔަކުވެސް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަށް ރޭގަނޑު 8:30 އިން ފަށައިގެން އައިސްޓީވީއިން މީގެ ފަހުން ލައިވް ކުރަމުން ގެންދާނެކަންވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

އައިސްޓީވީ ފެނިވަޑައިގަންނަވާނީ މީޑިއާނެޓުގެ 100 ޗެނަލުންނެވެ.

މުބާރާތުގެ ބްރޯޑްކާސްޓިންގް ޕާޓްނާރ އިވެންޓްކާސްޓަކީ ހުވަދު އަތޮޅުގައި މިވަގުތު ލައިވް ސްޓްރީމިންގގެ ހިދުމަތް އެންމެ ވަރުގަދައަށް ދެމުން އަންނަ ފަރާތެވެ. އެގޮޮތުން ދާދިފަހުން ތިނަދޫގައި ބޭއްވި ހަވަރު ޔޫތް ކަޕްގެ މެޗުތަށް ވެސް އިވެންޓްކާސްޓުން ވަނީ ލައިވް ކޮށްދީފައި އެވެ.

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯޯނަމެންޓް 2021 ގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ