logoEN
cocacola
 ޗެމްޕިއަންސް ލީގު - ސިޓީއިން ކުއާޓާގެ އުއްމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު - ސިޓީއިން ކުއާޓާގެ އުއްމީދު ބޮޑުކޮށްފި

ގާފު އެޑިޓޯރިއަލް

logo

2/25/2021, 11:42:50 AM

city

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ މެޗުން މޮޅުވެ މެންޗެސްޓާ ސީޓީއިން ކުއާޓާ ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

ގޮސިޔާ

ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ވަނީ ޖެހިޖެހިގެން 19 ވަނަ މެޗުން މޮޅުވެފައެވެ. ރަނގަޅު ފޯމެއްގައި މިހާރު އޮތް ސީޓީ އިން ކުޅުނު މިމެޗު އޮތީ ންޗެންގްލަޑްބެކް ދަނޑުގައެވެ.

ރޭގެ މެޗުގައި ސިޓީ އަށް ފުރަތަމައިން ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ދިން ބޯޅައަކުން ލީޑުނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ. ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ގޯލު ޖެހީ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ގަބްރިއެލް ޖީސޫސް އެވެ. މީގެއިތުރުންވެސް މި މެޗުގައި ސިޓީއަށް ގިނަ ލަނޑުތަކެއް ޖެހުމަށް ފުރުސަތު ތަނަވަސްވިއެވެ.

މިދެޓީމު ކުޅޭ ދެވަނަ ލެގު އޮންނާނީ އަންނަ މަހު 16 ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ސިޓީގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ އިއްތިހާދު ސްޓޭޑިއަމްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ