logoEN
Sto top
ޢީދު ފާހަގަކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން - ޚުޠުބާ

ޢީދު ފާހަގަކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން - ޚުޠުބާ

އައިޝަތު އިފާޝާ

logo

6/28/2023, 8:42:54 AM

GMG_3657

އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއްކަމަށާއި އެހެން ނަމަވެސް މި އުފާ ފާޅުކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިންކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައްވާފިއެވެ.

Wamco

މިއަހަރުގެ އަޟްޙާ ޢީދުނަމާދުގެ ޚުޠުބާގައި ވަނީ، ކުޅިވަރު ކުޅުމާއި އުފާކުރުމާއި ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއްކަމަށާއި އެހެންނަމަވެސް ޢީދުގެ އުފާވެރިކަން ފާހަގަކުރަންވާނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތައް އެއިމުގެ ތެރެއިންކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ޢީދު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގައި ޢީދު ފާހަގަކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިޔުމަށް ނޫންކަމަށާއި އެއީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލަދޭ ދޮރެއްގެ ގޮތުގައިވެސް ނޫންކަމަށެއެވެ. އިސްލާމް ދީނުގައި ޢީދުތަކަކީ ﷲގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއްކަމަށާއި، އަޟްޙާ ޢީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާއި އެކުގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ޢީދުގެ ސަބަބުން އިސްލާމީ ދުނިޔެއަށް މި ވަނީ އުފާވެރިކަން އާންމުވެފައިކަމަށެެވެ. އަދި މި ދުވަސްވަރަކީ އަޅުކަމުގެ ފޯވައްސެއްކަމަށާއި، މިދުވަސްތައް އެކަކު އަނެކަކަށް ހިތްހެޔޮކުރުމުމާއި އެއްބަޔަކު އަނެއްބަޔަކާއި އަތާއި އަތް ޖޯޑުކޮށް ސަލާން ގަލާން ކުރުމާއި، އެކަކު އަނެކަކަށް އަޅާލާއި ހެޔޮކަންތައްތަކާއި ތަގްވާވެރިކަމުގައި އެއްބާރުލުން ދޭ ދުވަސްތަކަށް ހަދަން ޖެހޭކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އިސްލާމީ ޢީދަކީ އާއިލީ ގުޅުންތަކާއި އަދި ރައްޓެހި ރަހުމެއްތެރިކަމުގެ ގުޅުންތަކުގެ މަތިން ހަންދާންކޮދޭ ދުވަހެއްކަމަށް ވިދާޅުވެ ޢީދު ޚުޠުބާގައި ވަނީ މާތްﷲ ހަނދުމަކުރެއްވުމަށް ގޮވާލައްވާފައެވެ.

"އެކަނިވެރިޔާ އޭނާގެ އާއިލާ މަތިން ފަގީރުމީހާ އޭނާގެ މުހުތާދުތަކުގެ މަތިން ބީރެށްޓެހިމީހާ އޭނާގެ ރަށްޓެހީންގެ މަތިން ބިދޭސީމީހާ އޭނާގެ އޭނާގެ ގައުމުމަތިން ޔަތީމުކުއްޖާ އޭނާގެ މައިންބަފައިންމަތިން ހަނާދާންކޮށްދޭ ދުވަހެއް' ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މާތް ﷲ މުސްލިމުއްނަށް ގޮވާލައްވަނީ އެކަލާންގެ ގެފުޅަށް ޒިޔާރަތް ކުރުމަށެއެވެ. އަދި މާތް ﷲގެ ބަރާކާއްތެރި ހަރަމްފުޅު ލައްވާފައިވަނީ ސަވާބު ލިބިގަތުމުގެ ތަނެއްކަމުގަޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޢީދު ޚުޠުބާގައި ވަނީ މިއަދު ޢީދު ފާހަގަކުރަމުންދާއިރު އިބްރާހިމްގެފާނާއި އިސްމާޢީލްގެފާނުގެ ގުރުބާނީން ދަރުސްތަކެއް ލިބިގައްނަން ޖޭހޭކަމަށާއި، އެއީ ﷲގެ ވަޖުހުފުޅަށްޓަކައި ހޭދަ ކުރުމުގެ ދަރުއްސެއްކަމަށް ވިދާޅުވެފައެވެ. އަދި އެއީ ﷲގެ ވަޖުހުފުޅަށް ކެއްތެރިވުމުގެ ދަރުސެއްކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. ޚުޠުބާގައި ވިދާޅުވީ އިސްލާމީ އުއްމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެންކަމަށެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside