logoEN
ޕީއެންސީ 2
ފްލައިމީ އިިން އެއާބަސް ގެންނަނީ

ފްލައިމީ އިިން އެއާބަސް ގެންނަނީ

އަހުމަދު ޝުރާއު

logo

2/25/2021, 9:34:52 AM

Screenshot 2021-02-25 at 01.07.31

ރާއްޖޭގެ އެތެރޭގެ އުދުހުންތަށް ކުރަމުން އަންނަ ވިލާ އެއާގެ ފްލައިމީ އިން އޮޕަރޭޝަންތައް ފުޅާކޮށް އޭ319 މަރުކާގެ ބޯޓެއް ގެނެސް ބައިނަލަގްވާމީ ދަތުރުތަށް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ޝަރީ 2024

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޕަރޭޝަންތައް ފުޅާކޮށް ރީޖަނަލް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގެންނަ އޭ319 މަރުކާގެ ބޯޓު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ފަހުކޮޅު ނުވަތަ ހަތަރުވަނަ ކުއާޓަރުގެ ކުރީކޮޅު ގެނެސް އޮޕަރޭޝަން ފެށުމަށް ވަނި އަމާޒު ހިފާފައިއެވެ. އަދި މިއާއި އެކު ބަނަލަޤްވާމީ އަދި ސަރަހައްދީ ގިނަ މަންޒިލްތަކަކަށް ދަތުރު ފެށުމަށް ވަނީ ނިންމާފައި އެވެ.

ރާއްޖޭގެ ނޫހެއް ކަމުގައިވާ ސަން އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވިގޮތުގައި މާލަސްތަކެއް ނުވެ އިންޑިއާއަށްވެސް ވިލާ އެއާގެ ދަތުރުތަށް ފެށުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން އިންޑިއާ-ރާއްޖެ އެއާ ޓްރެވަލް މުއާހަދާގެ ތެރޭ ވިލާ އެއާ ހިމެނުމާއި އެކު އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލްއޭވިއޭޝަނުން ވެސް މިހާރު ދަތުރުތަކަށް ހުއްދަ ލިބިފައިވާ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު ދުރުނޫން މުސްތަގްބަލެއްގައި އަވަށްޓެރި ސްރީލަންކާއަށްވެސް ދަތުރުތަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

ރީޖަނަލް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓު ކުރުމުގެ ހުއްދަ އެއާލައިނަށް ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެވެ.

ވިލާ އެއާއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ މާމެގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެ އަމިއްލަފުޅު ވިޔަފާރިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ