logoEN
ޕީއެންސީ 2
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: އެވިޑް އެސްސީ އިން ގައްދޫ ވުމެންސްގެ މައްޗަށް ކުރިހޯދައިފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް: އެވިޑް އެސްސީ އިން ގައްދޫ ވުމެންސްގެ މައްޗަށް ކުރިހޯދައިފި

އަހުމަދު ޝުރާއު

logo

2/24/2021, 10:55:09 PM

DSC_4879

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ގައްދޫ ވުމެންސް ހޭންޑްބޯލް އާއި އެވިޑް ސްޓޫޑެންޓް ކައުންސިލް ވާދަކުރި މެޗު އެވިޑް ސްޓޫޑެންޓް ކައުންސިލް ޓީމް ކާމިޔާބުކޮށްފި އެވެ.

ޝަރީ 2024

މިރޭ ތިނަދު އާރް އަވަށު ދަނޑުގައި ކުޅުނު މި މެޗު އެވިޑް ސްޓޫޑެންޓް ކައުންސިލް ކާމިޔާބުކުރީ 12-8 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ގޯލުތަށް އެވިޑް އެސްސީ ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 7) އިނާ އަލީ 8 ގޯލް ، (ޖާޒި ނަމްބަރު 11) މުޒައިނާ މުޚްތާރު 2 ގޯލް ، ( ޖާޒީ ނަމްބަރު 10) މަރިޔަމް އިބްރާހިމް 2 ގޯލް އެވެ. އަދި ގައްދޫ ވުމެންސް ހޭންޑްބޯލްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 11) ނަދީމާ އިބްރާހިމް 6 ގޯލް , ( ޖާޒީ ނަމްބަރު 9) މަރިޔަމް ހިފްނާ 1 ގޯލް އަދި ( ޖާޒީ ނަމްބަރު 7) ފާތިމަތު އިނާ 1 ގޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އެވިޑް ސްޓޫޑެންޓް ކައުންސިލް ޓީމްގެ ޖާޒީ ނަމްބަރު 7 އިނާ އަލީ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ