
big_JbvBIc000z7p3R3odOqpKAE1v
ސްކޫލު ކުދިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސުކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބޭއްވި މި މުބާރާތަކީ ހަ އުމުރުފުރައަކަށް ބަހާލައިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނެޝަނަލް ސެންޓަރ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ ލަވަ ހުށަހެޅުމުުގެ ރަސްމީ ބައި މިދިޔަ ހަފްތާގައި ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިރޭ 20:30 ގައެވެ. މި ޖަލްސާ ޕީއެސްއެމްގެ ޔެސް ޓީވީއިން ލައިވްކުރުމަށް ވަނީ ނިންމާފައެވެ. \
މިއަހަރުގެ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން 267 ބައިވެރިން ވަނީ ބައިވެރިވެފައެވެ.