logoEN
Sto top
ނެޓްވޯކް އަޕްގެރޭޑްކުރުމަށް ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކަނޑާލައިފި

ނެޓްވޯކް އަޕްގެރޭޑްކުރުމަށް ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކަނޑާލައިފި

އަލްފާ އަލީ

logo

6/24/2023, 11:37:45 AM

ހިޔާ| hiyaa

ހުޅުމާލެ ދެވަނަފިޔަވަހީގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމަށް ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކަނޑާލެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯ އިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށް ދާކަމަށެވެ.

މި މަސައްކަތް ކުރުމަށްޓަކައި ހިޔާ ޓަވަރު 1 އިން 8 އަށް މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މަސައްކަތް ނިމުނުހާ އަވަހަކަށް ހިޔާ ޓަވަރުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށާއި، މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލެއްވުން ފާހަގަކޮށް އެކުންފުނިން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside