logoEN
cocacola
މާދަމާ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑޭނެ، ގަޑި ތަކަކީ މިއީ!

މާދަމާ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑޭނެ، ގަޑި ތަކަކީ މިއީ!

އަހުމަދު ޝުރާއު

logo

6/23/2023, 8:18:01 PM

UYC_0404

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ގޮސިޔާ

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، އެކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މާދަމާ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

އެގޮތުން ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

View post on Twitter

ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓުދޭނެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ