ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވެވި ދެ ސިޓީފުޅު

މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވުމާއެކު އެކަން ވެގެންދިޔައީ ރާއްޖޭގައި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އަދި ރާއްޖޭގެ ހުރިހާ މީޑިއާތަކަށްވެސް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.

ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ އެއްވެސް ބަޔަކަށް "ސަޕްރައިޒް" ވާނެ ކަމެއް ނޫނެވެ. އެއީ އެމަނިކުފާނު ގެންދަވަނީ އެމްޑީޕީއާ މިއަދުގެ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ސީދާ އެމްޑީޕީއާއި މިސަރުކާރާ ދެކޮޅަށް ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އެޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް އަންގަވައި ރައީސް ނަޝީދު ފޮނުއްވެވި ސިޓީފުޅުން ހަނދާން ވަނީ، 07 ފެބްރުއަރީ 2012 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވެވިކަން އަންގަވައި ފޮނުއްވެވި ސިޓީފުޅުގެ މަތިންނެވެެ.

އެގޮތުން އިސްތިއުފާ ދެއްވަވަމުން އެމަނިކުފާނުގެ ދެ ސިޓީފުޅުންވެސް މުހިންމު ތަންކޮޅެއް ފާހަގަކޮށްލާނަމެވެ. އެއީ "އަޅުގަނޑަށް ފެންނަކަމުން" މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވުމާއި، "ނުދެކޭ ކަމުން" ޕާޓީން ވަކިވެވަޑައިގެންނެވުމެވެ.

މި ދެސިޓީފުޅުވެސް އަދި މި ދެ އިސްތިއުފާއަކީވެސް ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ދެ ކަމެއްކަން ޔަގީނެވެ. ދެސިޓީފުޅުގައިވެސް ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އޭރު އިސްތިއުފާދެއްވެވީ ރާއްޖެއާއި ރައްޔިތުންނަށް ނުހަނު "ގެއްލުންދެވިދާނެ" ކަމަށް ވިދާޅުވެއެވެ. މިއަދު ވިދާޅުވީ، އެ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށް ވިދާޅުވެއެވެ.

 

ކޮމެންޓް

2 Responses

  1. މާދަމާ މަގުމައްޗައްނިކުމެ ބުނާނެ މޭގައޭ ބަޑި ޖައްސާފަހުރީ

  2. މީނާގެ އުކުޅުވަޅުގަ ކަނޑިއެއް ޖައްސާފަ ނޫންބާ އެމްޑީޕީއިން ވިކިވީ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް