
ބޯ ކަނޑާލާފައިވާ ހަރުފައެއް އޭގެ ހަށިގަނޑުގައި ދައިގަންނަ މަންޒަރު
New Project (36)
ބޯ ކަނޑާލާފައި އޮތް ހަރުފައެއް އޭގެ އަމިއްލަ ހަށިގަނޑުގައި ދައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޮލާއި ހަށިގަނޑު ވަކިކޮށްފައި އޮތް ހަރުފައެއް ބިންމަތީގައި އޮންނަ މަންޒަރެވެ.
ބޯ ކަނޑާލާފައި އޮތް ނަމަވެސް އެ ހަރުފަ އަދި ހަރުފައިގެ ބޯވެސް އޮތީ ތެޅި ތެޅިއެވެ. އެގޮތުން ހަރުފައިގެ ހަށިގަނޑު ތެޅެމުން ގޮސް ބޮލުގައި ޖެހުނު ވަގުތު އޭގެއިން ހަށިގަނޑުގައި ދައިގަންނަ މަންޒަރު ފެނިގެންދެއެވެ.