logoEN
Sto top
ލަންކާގެ މަޖިލިސް މެމްބަރު ވިމަލް ވީރަވަންސާ ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެފި

ލަންކާގެ މަޖިލިސް މެމްބަރު ވިމަލް ވީރަވަންސާ ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެފި

އަހުމަދު ޝުރާއު

logo

6/19/2023, 5:20:00 PM

09-I-want-01

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވިމަލް ވީރަވަންސާ ކޯޓުތަކަށް ހާޒިރު ނުވުމުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން ނެރެފި އެވެ.

Wamco

އދ.ގެ އޮފީސް ކުރިމަތީގައި 2016 ވަނަ އަހަރު ބޭއްވި މުޒާހަރާއާ ގުޅިގެން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމެންބަރު ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި މިވަނީ އެ މެމްބަރު އާއި އިތުރު ހަ މީހެއްގެ މައްޗަށް ސިނަމަން ގާޑަންސް ފުލުހުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު (18) ކޮލަމްބޯގެ އިސް މެޖިސްޓްރޭޓްގައި ކުރިޔަށް ގެންދިޔުމަށްފަހު އެވެ.

ކޮލަމްބޯގެ ތުމްމުއްލާގައި ހުންނަ އދ.ގެ ކޮމްޕައުންޑްގެ ވަށައިގެންވާ މަގުތައް ބަންދުކޮށް އާންމުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު އދ.ގެ އޭރުގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ޕްރިންސް ޒައިދު އަލް ހުސައިން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި މައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި އެމްޕީ ވިމަލް ވީރަވަންސާ، ވީރަކުމާރަ ދިސަނަޔަކަ، ޕިޔާސިރީ ދިސާނަޔަކަ، މުހައްމަދު މުޒައްމިލް، ޖަޔަންތާ ސަމަރަވީރާ އަދި ރޮޖާ ސެނެވިރަތުނޭ ހިމެނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside