logoEN
Sto top
ދުުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި

ދުުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި

2021_2$largeimg_340455969

ދުުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި މިދިޔަ ބުދަދުވަހު ފުރަތަމަ ފަހަރަށް މެޗެއް ކުޅެފިއެވެ.

Wamco

އިންޑިޔާގެ ދަ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި ކުޅުނު މި ތާރީހީ މެޗުގައި ބައްދަލުކުރީ އިންޑިޔާ އާއި އިންގްލޭންޑެވެ. މި މެޗަކީ 4 މެޗުގެ ސީރީޒެއްގެ 3 ވަނަ މެޗެވެ.

1982 ވަނަ އަހަރު 42،000 މީހުންގެ ޖާގައާއި އެކު މޮޓީރާ ސްޓޭޑިއަމްގެ ނަމުގައި ހުޅުވި މި ސްޓޭޑިއަމް އިތުރަށް ތަރައްޤީ ކުރުމަށް ބަންދުކޮށްފައިވަނީީ 2015 ވަނަ އަހަރުގައެވެ. އެއަށްފަހު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 110،000 މީހުންގެ ޖާގައާއެކު މި ސްޓޭޑިއަމް ވަނީ ހަދަައި ނިންމާފައެވެ. އެއާއެކު 90،000 މީހުންގެ ޖާގައާއެކު ކުރިން އެންމެ ބޮޑު ސްޓޭޑިއަމްގެ ގޮތުގައި އޮތް އޮސްޓްރޭލިޔާގެ މެލްބޯރން ސްޓޭޑިއަމަށް ވަނީ އެ މަޤާމް ގެއްލިފައެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރާ މޯދީގެ ނަމުން ނަަންދީފައިވާ މި ސްޓޭޑިއަމްގައި އިންޑޯ އެކެެޑަމީއެއްގެ އިތުރުން 40 އެތްލީޓުންނަށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ވެއެވެ. އަދި މި ސްޓޭޑިއަމްގައި 6 އިންޑޯ ޕްރެކްޓިސް ޕިޗުގެ އިތުރުން 3 އައުޓްޑޯ ޕްރެކްޓިސް ފީލްޑް ހިމެނިފައިވެއެވެ.

އިންޑިޔާއަކީ ކްރިކެޓުގައި ފާހަަނގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންދާ ޤައުމެކެވެ. އެހެންކަމުން މިފަދަ ސްޓޭޑިއަމެއް އެޅުން ވެގެންދާނީ އިންޑިޔާގެ ކްރިކެޓުގެ ކުރިމަގު ވަރަށް ބޮޑަށް އުޖާލާ ވެގެންދާނެ ކަމަކަަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside